ވިހި ވަނަ މަޖިލިހުގައި އެންމެ ބޮޑު މަސްއޫލިއްޔަތެއް ކޮނޑުގައި އެޅިފައިވާ އެއް ބޭފުޅަކަށް ހަމަ ޔަގީނުން ވެސް ވާނީ ވެރިކަން ކުރާ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުކަން ކުރައްވާނެ އިނގުރައިދޫ ދާއިރާގެ އިންތިހާބީ މެމްބަރު އިބްރާހިމް ފަލާހެވެ. ފަލާހަށް އޮތީ އާދައިގެ "ޓާސްކެއް" ނޫނެވެ. ރައްޔިތުންގެ މަޖިލިހުގެ ތެރެއިން ސަރުކާރަށް ފަހި ކުރެވެން އޮތް ހުރިހާ ކަމެއް ފަހިކޮށް ދިނުމުގެ އެންމެ މުހިންމު ޒިންމާ މިހާރު އެޅިފައި ވަނީ ފަލާހްގެ ބޮލުގައެވެ. ޕީއެންސީގެ 75 މެމްބަރުން ގޮވައިގެން ފަލާހަށް އޮތް ހަމައެކަނި "ޗޮއިސް"އަކީ 20 ވަނަ މަޖިލިހަކީ ތަފާތު، ނަމޫނާ ދައްކާ، ނަތީޖާ ނެރެދޭ މަޖިލިހެއް ކަން ރައްޔިތުންނަށް ދައްކަވައި ދެއްވުމެވެ. މިއަދު ފަށާ 20…